މާލޭގެ މަޝްހޫރު ސްކޫލެއްގެ ޓީޗަރަކު، އޭނާ ކިޔަވައިދޭ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފ އެވެ.
ފުލުހުން ބުނީ މާލޭގެ ސްކޫލެއްގެ ޓީޗަރަކު، އެ ސްކޫލުގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މާލޭގެ ސްކޫލެއްގެ ޓީޗަރަކު އެ ސްކޫލުގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކޮށް، ބޭއަދަބީ ވާހަކަތަކެއް ދެއްކި މައްސަލައެއް މީގެ ދެ ހަފުތާ ކުރިން އެ މިނިސްޓްރީ އަށް ހުށަހެޅުނު ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތުވާ ޓީޗަރު މައްސަލަ ތަހުގީގުކޮށް ނިމެންދެން ސަސްޕެންޑު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ދާދި ފަހުން މާލޭގެ އެހެން ސްކޫލެއްގައި މަސައްކަތް ކުރާ މީހަކު، އެ ސްކޫލުގެ ހަތަރު އަހަރުގެ ޕްރީސްކޫލް ދަރިވަރަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުންދާ އިރު، މައްސަލައިގައި ތުހުމަތުވާ މުވައްްޒަފުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު