އައިޖީއެމްއެޗް އަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ ގައިދީއެއް ކައިރިއަށް މީހަކު ވަންނަން މަސައްކަތްކޮށް، އެތަނުގައި މާރާމާރީ ހިންގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، އައިޖީއެމްއެޗް އަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ ގައިދީއެއް ކައިރިއަށް ވަންނަން މަސައްކަތްކުރި މީހަކު ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރުމުން، ނުކިޔަމަންތެރިކަން ދައްކައި މާރާމާރީ ހިންގި ކަމުގެ މައުލޫމާތު މިއަދު 10:30 ހާއިރު ލިބިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 30 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިކަމާ ގުޅޭ މައުލޫމާތު ސާފު ކުރަން "ވަން" އިން އައިޖީއެމްއެޗް ގެ މީޑިއާ އޮފިސަރަށް ގުޅުމުން ވިދާޅުވީ އެކަން އޮޅުން ފިލުވުމަށްފަހު ގުޅާނެ ކަމަށެވެ. އެހެން ނަމަވެސް ފަހުން ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބެއް ދެއްވާފައި ނުވުމުން، އައިޖީއެމްޗެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު