ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ޑިރެކްޓަރަކު މިއަދު އައްޔަނުކޮށްފިއެވެ.

ބޯޑަށް ޑިރެކްޓަރުން ހޮވުމަށް ބީއެމްއެލުން ވަނީ މިއަދު ހާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބާއްވައިފައެވެ.

އެ ޖަލްސާގައި ސަރުކާރުގެ ފަރާތުން އައްޔަންކުރުމަށް ހުށަހެޅި ސ. ހިތަދޫ/ ތަރިވިދާގެ، އާއިޝަތު ސަޖްނީ ވަނީ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނުކޮށްފައިވަނީ ހއ. ފިއްލަދޫ/ ކަރަންކާ ވިލާ، އަބްދުالله ނަސީމެވެ.

• ޓިމޮތީ ސޯޔާ (ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު)

• އާއިޝަތު ނޫރައްދީން - މ. ތާނގީދޮށުގެ، މާލެ

• ޔޫޝައު ސައީދު - ހ. ސޭންޑީ ބީޗު، މާލެ

• ޖުވައިރިޔާ ސައީދު - މއ. ކޮށީގެ، މާލެ

• އަބްދުﷲ ހަސަން - ނަސީމާ މަންޒިލް، ރ. އަލިފުށި

• އަބްދުﷲ ހުސާމް ޝަރީފް - ދިގުވާޑު، ސަވާ، ފުވައްމުލައް

• މުހައްމަދު ޝަރާހު- ކޮތަންގެ، ގދ. ފިއޯރީ

• އާއިޝަތު ސަޖްނީ - ތަރިވިދާގެ، ސ. ހިތަދޫ

• އިބްރާހީމް މުހައްމަދު - ނެލުމް، ނ. ހޮޅުދޫ

• އަހުމަދު މުހައްމަދު - ގ. އުފާ، މާލެ

• އަބްދުالله ނަސީމް - ކަރަންކާ ވިލާ، ހއ. ފިއްލަދޫ