އދ ދަނގެތީގެ ގެއަކުން 9000 ޑޮލަރުގެ އަގުހުރި ސާމާނު ވަގަށް ނެގި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން މިރޭ "ވަން" އަށް ބުނީ ދަނގެތީގެ ގެއަކުން 9000 ޑޮލަރުގެ އަގުހުރި ސާމާނު ވަގަށް ނެގި މައްސަލައެއް މިދިޔަ އަންގާރަ ހުށަހަޅާފައިވާ ކަމަށެވެ. ވަގަށް ނަގާފައިވަނީ ފަރުމަސްވެރިކަމަށް ބޭނުންކުރާ އެކި ސާމާނެވެ.
ފުލުހުން ބުނީ ވަގަށް ގެންދިޔަ ތަކެތީގެ އަގު 9،000 ޑޮލަރަށް (139،000 ރުފިޔާ) އަރާނެ ކަމަށް އެތަކެތީގެ ވެރި ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ ދުވަސްކޮޅެއް ކުރިން ދަނގެތީގެ ފިހާރައެއް ފަޅާލައިގެން ވެސް ވައްކަން ކުރަން މަސައްކަތް ކޮށްފައިވެއެވެ. އެމީހުން ތިބީ ކާކުކަން ނޭނގޭ ގޮތަށް، ޕީޕީއީ ލައިގެންނެވެ. އެމީހުން ފިހާރަ ފަޅާލީ ފިހާރައިގެ ބިއްލޫރިގަނޑު ވަށްކޮށް ކަފައި އެ ދޭތެރެއިން އަތް ކޮއްޕައި ތަޅު ހުޅުވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު