ޓުއާ ގައިޑެއް ކަމަށް ބުނެ ރާއްޖެ އައި ފަތުރުވެރިއަކަށް ހިދުމަތްދީ، އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނެގި މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މިހާތަނަށް ކުރި މަސައްކަތުން އެ މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށާއި ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ތުހުމަތު ކުރެވޭ އެމީހާ އަކީ ބަންގްލަދޭޝް މީހެއްކަން އެނގިފައިވާ ކަމަށެވެ.
އެމީހާ ފައިސާތައް ވަގަށް ނަގާފައިވަނީ، ފަތުރުވެރިޔާއާއެކު ގައިޑެއްގެ ގޮތުގައި ހަރަކާތްތެރިވުމަށްފަހު ފަތުރުވެރިޔާ އާޓިފިޝަލް ބީޗު މޫދަށް އެރުނު ވަގުތު ކަމަށް ފުލުހުން ބުންޏެވެ.
އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ޓޫރިސްޓު ޕޮލިސްގެ ނަންބަރު 9790070 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު