ކ މާފުށި ކައިރީގައި އޮތް ސަފާރީއެއްގެ އިންޖީނު ރޫމުގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން މިރޭ ބުނީ، ކ މާފުށި ކައިރީގައި އޮތް ސަފާރީއެއްގެ އިންޖީނު ރޫމުގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު މިރޭ 8:31 ހާއިރު ލިބިފައިވާ ކަމަށެވެ. ހާދިސާ ހިނގިއިރު ސަފާރީގައި އަށް ފަޅުވެރިން ތިބި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ފަޔާ އެންޑް ރެސްކިޔުގެ ޓީމަކާއި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފަޔާ ލޯންޗު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ އިއްޔެ މާފުށި ކައިރިން ނަގިލި ކަހާލި ސަފާރީގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު