އދ. ދަނގެތީގައި މަރާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރު މަރާލިކަމަށް ތުހުމަތުވާ މީހުން ފުލުހުންގެ ހިމާޔަތުގެ ދަށުން އެ އަތޮޅު މަހިބަދުއަށް ގެންގޮސްފިއެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ދަނގެތީ ރައްޔިތުން ވަނީ މަހުމޫދު މަރާލި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުންނާ ހަވާލުކޮށްފައެވެ. އެއީ 31 އަހަރުގެ ޒުވާނަކާއި 20 އަހަރުގެ ޒުވާނެކެވެ. އެ ދެ ޒުވާނުންނާ ގުޅުންހުރި އއ. ތޮއްޑޫ އަންހެނަކަށްވެސް ފުލުހުން ވަނީ ހިމާޔަތް ދީފައެވެ.
އެ ތިން މީހުން ފުލުހުންގެ ހިމާޔަތުގައި ދަނގެތިން ބޭރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އުމުރުން 57 އަހަރުގެ މަހުމޫދު މަރާލާފައި އޮއްވާ ފެނުނީ، އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އެެރަށުގެ ފަޅު ގޯއްޗެއްގައި ހުރި ފެން ވަޅެއްގެ ތެރެއަށް ވައްޓާލައިފައި އޮއްވައެވެ. އެ ފެންވަޅަށް މަހުމޫދު ވައްޓާލާފައި ވަނީ ދެފަޔާއި ބޮލަށް ގޯންޏެއް މެހުމަށް ފަހު ބޯކޮޅު ވަތަށެވެ.
މަހުމޫދުގެ ހަށިގަނޑު ފެނުނު މީހަކު ބުނި ގޮތުގައި މަހުމޫދުގެ ވައިނޮޅީގެ ދެ އަރިމައްޗަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ. އަދި ބޮލުގެ އެތަންމިތަނަށް ތޫނު އެއްޗަކުން ފުންކޮށް ހަމަލާދީފައިވާ ކަމަށް އޭނާ ބުންޏެވެ.
މަހުމޫދުގެ ހަށިގަނޑު ވަނީ މިއަދުގެ އަސްރު ނަމާދަށްފަހު ވަޅުލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު