މޯލްޑިވިއަންގެ ފަރާތުން ހުޅުމާލޭގައި މިއަދުކުޑަކުދިންނަށް ހާއްސަ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
މޯލްޑިވިއަން އިން ބުނީ ކުޑަކުދިންގެ ހާއްސަ ހަވީރު އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު 4:00 ގައި ކަމަށެވެ.
މި ހަވީރުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާއި މިއުޒިކީ ހަރަކާތްތައް ބާއްވަން ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ. އެގޮތުން ބޮޑުބެރާއި ސަގާފީ ނެށުންތަކާއި ކުޅިވަރު ސްޓޯލްތަކުގެ އިތުރުން ފުޑް ސްޓޯލްތައްވެސް ހިމެނޭނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
މީގެ އިތުރުން މި ހަވީރުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ހާއްސަ ގުރުއަތުލުމެއް ނެގުން އޮންނާނެއެވެ. އެގޮތުން މި ގުރުއަތުން ހޮވޭ ފަރާތަކަށް ދިއްލީގެ ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު