ޝާޚް ރުކްހާންގެ ދަރިފުޅު، އާރްޔަން ހާން ދޫކޮށްލުމާ މެދު ގޮތެއް ނިންމުން މި މަހު 20އަށް ފަސްކޮށްފިއެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި އާރްޔަން ހާން، އަރްބާޒް މާޗެންޓު އަދި މުންމުން ދަމޭޗާ އާއި މިކަމުގައި ހައްޔަރުކޮށްފައިވާ އިތުރު މީހުން ކަފާލާތުގެ ދަށުން ދޫކުރުމަށް ކޯޓުން އިތުރު އަޑުއެހުމެއް އިއްޔެ ވަނީ ބާއްވައިފައެވެ. އިއްޔެގެ އަޑުއެހުމުގައި ގިނަ ބަޔަކު ހީކޮށްގެން ތިބީ އާރްޔަން ހާން މިނިވަން ވާނެ ކަމަށެވެ. ނަމަވެސް ކޯޓުން ވަނީ މިކަމަށް ގޮތެއް ނުނިންމައި އިތުރު އަޑުއެހުމަކަށް ދާން ނިންމައިފަ އެވެ.
ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ ފަރާތުންނާއި ހައްޔަރުގައި ތިބި ފަރާތްތަކުގެ ވަކީލުން ވަނީ ކޯޓަށް އެބައެއްގެ ދިފާއުގައި ގިނަ ހެކިތަކެއް ހުށަހަޅައި ވަކާލާތުކޮށްފައެވެ. މިހުރިހާ ކަމަކަށް ރިއާޔަތްކުރުމަށްފަހު ގޮތެއް ނިންމުމަށް ވަގުތު ބޭނުންވާތީ މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ގޮތެއް ނިންމުން މިމަހުގެ 20 ގައި އޮންނަ ޝަރީއަތަށް ފަސްކޮށްފައެވެ.
ޝާހްރުކް ހާން އަދި ގޯރީ ހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ހާން އާއި އިތުރު ބަޔަކު މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މުމްބާއީން ގޯއާއަށް ނައްޓާލި ކްރޫޒް ޝިޕެއްގައި ކުރިއަށް ދިޔަ ޕާޓީއެއް އެންސީބީން ރެއިޑުކޮށް މިމަހުގެ ދެވަނަ ދުވަހުގައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން