ޕާކިސްތާން-މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (ޕީއެމްއެފްއޭ)ގެ ރައީސަކަށް ރައީސް އޮފީހުގެ ކުރީގެ ސްޕޯކްސް ޕާސަން މަސްއޫދު އިމާދު އިންތިހާބުކޮށްފިއެވެ.
ރޭ ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަންގައި ބޭއްވި އެޖަމިއްޔާގެ ބައްދަލުވުމުގައި ޖަމިއްޔާގެ ރައީސްކަމަށް މަސްއޫދު އިންތިހާބުކޮށްފައިވާއިރު، ނައިބު ރައީސަކަށް އިންތިހާބުކޮށްފައިވަނީ ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދެވެ.
މަސްއޫދު ރައީސް އޮފީހުގެ ސްޕޯކްސް ޕާސަންގެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. އަދި ހަމްދޫން އެކްޓިން ޕޮލިސް ކޮމިޝަނަރުކަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
ޕާކިސްތާނު ހައި ކޮމިޝަނުން މިއަދު ބުނީ ޕީއެމްއެފްގެ މަގާމުތަކަށް ބޭފުޅުން ނޮމިނޭޓް ކުރީ އޮންލައިންކޮށް ކަމަށް ވިޔަސް އިންތިހާބު ބޭއްވީ ހައި ކޮމިޝަނުގައި ރޭ އޮތް ބައްދަލުވުމުގައި ކަމަށެވެ.
ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އާތިރު މުހުތާރާއި ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގަަރްްނައިން އަހުމަދުވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. އަދި ޕާކިސްތާން-މޯލްޑިވްސް ފްރެންޑިޝިޕް އެސޯސިއޭޝަންގެ ދިވެހި މެމްބަރުންނާއި ޕާކިސްތާނު މެމްބަރުން ވެސް ވަނީ ބައިވެރިވެފައެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަފީރު އާތިިރު މުހުތާރު ވިދާޅުވީ ޕީއެމްއެފްއޭގެ މަގާމުތަކަށް އިންތިހާބުކުރި ބޭފުޅުންނަށް ފުރިހަމަ އަށް އިތުބާރު ކުރައްވާ ކަމަށާއި ދެ ގައުމުގެ މީހުންނަށް ފައިދާ ހުރި ގިނަ ހަރަކާތްތަކެއް ޖަމިއްޔާ މެދުވެރިކޮށް ހިންގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެ ޖަމިއްޔާގެ ރައީސްކަމަށް އިންތިހާބުވި މަސްއޫދު ވިދާޅުވީ ދިވެހިންނާއި ޕާކިސްތާނު މީހުންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަަދަހިކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޖަމިއްޔާއަށް ޕާކިސްތާނު ސަފީރު ވެދެއްވާ އެހީތެރި ކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށް ވެސް މަސްއޫދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު