އަންހެން ކުދިންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި އެކުދިންވެސް ޓެކްނޮލޮޖީއަށް އަހުލުވެރި ކުރުވަންޖެހޭ ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން މިނިސްޓަރު ޝާހިދު މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ ޓެކްނޮލޮޖީގެ ރަހަވެސް ނުލިބޭ އެތައް ހާސް ބައެއް ދުނިޔޭގައި އެބައުޅޭ ކަމަށެވެ. އޭގެ ތެރޭގައި ކޮމްޕިއުޓަރާއި އިންޓަނެޓާ އެންމެ އަސާސީ ކަންކަން ކަމުގައިވާ ކަރަންޓުވެސް ނުލިބޭ މީހުން އުޅޭ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ނެތި އެތައް މިލިއަން އަންހެން ކުދިންނެއް ތިބި ކަމަށެވެ.
އަންހެން ކުދިންނަށް ބައެއް ކަހަލަގެ ގޮންޖެހުންތައް ހުރިކަން ފާހަގަކޮށް މިނިސްޓަރު ޝާހިދު ވިދާޅުވީ އަންހެން ކުދިންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލަން ޖެހޭ ކަމަށާއި އެކުދިންނަށްވެސް ޓެކްނޮލޮޖީއަށް އަހުލުވެރިކުރަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޓަނެޓްގެ ހިދުމަތް ލިބޭނެ ގޮތެއް ނެތް 25 އަހަރުން ދަށުގެ ދެ ޖިންސުގެ 2.2 މީހުން އެބައުޅޭ ކަމަށެވެ.
މިއަހަރުގެ އަންހެން ކުދިންގެ ދުވަހުގެ ޝިއާރަކީ "ޑިޖިޓަލް ޖެނެރޭޝަން، އަވާ ޖެނެރޭޝަން" އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު