ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހޮޓަލައިން ނަމްބަރެއް ތައާރަފުކޮށްފިއެވެ.
އެޗްޑީސީން މިއަދު ބުނީ، ހިޔާ ފްލެޓްތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވުމަށާއި އަދި މައްސަލައެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ 7253535 ނަމްބަރަށް މެސެޖު ކުރުމަށް އެދޭ ކަމަށެވެ.
މެސެޖުގައި މައްސަލަ ހުށަހަޅާ މީހާގެ ފުރިހަމަ ނަމާއި ގުޅޭނެ ފޯނު ނަމްބަރާއި ފްލެޓް ނަމްބަރު އަދި މައްސަލަ ނުވަތަ އޮޅުން ފިލުވަން ބޭނުންވާ މައްސަލައެއްގެ ތަފުސީލު ހިމެނުމަށްވެސް އެޗްޑީސީން ވަނީ އެދިފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގައި މިހާރު ބައެއް އާއިލާތައް ދިރިއުޅެން ފަށާފައިވާއިރު، އެޗްޑީސީން ދަނީ އެފަރާތްތަކަށް ގުޅައި، ކުރިމަތިވާ މައްސަލަތައް އޮޅުންފިލުވައި އަދި އެކަންކަން ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.