ޚަބަރު

ދިރާގު ޕްރިޕެއިޑް ޑޭޓާ ސިމް ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

އައިޝަތު ނިއުޝާ

ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ހުރިހާ ޕެކޭޖަކުން އިތުރު ހަރަދަކާ ނުލައި ތިން ގުނައާ ހަމައަށް ޑޭޓާ ލިބޭ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފިއެވެ.

މި ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފައިވަނީ މި މަހުގެ ނިޔަލަށެވެ.

ދިރާގުން ބުނީ، މި ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ޕެކޭޖްތަކުގެ ތެރޭގައި މަހަކު 299 ރުފިޔާ އާއި 2999 ރުފިޔާގެ ދެމެދުގެ ޕެކޭޖްތައް ހިމެނޭ ކަމަށެވެ. އަދި އެއިން ކޮންމެ ޕެކޭޖެއްގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަސް ކަމަށެވެ.

ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްގެ ޕެކޭޖްތައް އެކްޓިވޭޓް ކުރުމަށް ދިރާގު މޮބައިލް އެޕް ނުވަތަ ޕެކޭޖްގެ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ފޮނުވުމުން އެކްޓިވޭޓް ކުރެވޭނެއެވެ.

ދިރާގުން އިތުރަށް ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ.