ކުރީގެ ފިލްމީ ތަރި ހެމާ މާލިނީ އާ ވައްތަރު ކަމަށް ބައެއް މީހުން ބުނާ ކަމަށް ބޮލީވުޑްގެ ތަރި ކިއާރާ އަދްވާނީ ބުނެފި އެވެ.
ކިއާރާ ބުނާގޮތުގައި ބައެއް މީހުން ވަނީ އޭނާ ހެމާ އާ ވައްތަރުކަމަށް ބުނެ ތައުރީފު ކޮށްފައެވެ. ހެމާ އަކީ ރީތި އަންހެނެއް ކަމުން އޭނާއާ ވައްތަރުކަމަށް މީހުން ބުނުން އެއީ ލިބޭ ފަހުރެއް ކަމަށާއި ނަމަވެސް އޭނާއަށް އެކަން ބަލަައިގަންނަން އުނދަގޫ ކަމަށް ކިއާރާ ބުނެފައިވެ އެވެ.
ކިއާރާ މީޑިއާއަށް ބުނީ އަމިއްލަ ސިފަ އޭނާއަށް ކަމުދާ ކަމަށާއި އޭނާ ވައްތަރު ވާން ބޭނުންވަނީވެސް އޭނާގެ އަމިއްލަ ސިފަޔާ އެކަންޏެވެ. މީގެ އިތުރުން ކިއާރާ ވަނީ އޭނާ އާ ވައްތަރު މީހަކަށް މީޑިއާގައި ލިބެމުން އަންނަ ސަމާލުކަމަށްވެސް އަލިއަޅުވައިލައިފައެވެ.
އައިޝްވަރިޔާ ކިޔާ އަންހެނަކު އަންނަނީ ޝޭރްޝާހްގެ ބަތަލާ ކިއާރާ އާ އެއްވައްތަރުވުމުން އޭނާގެ ސީންތައް ނަކަލު ކޮށް ސަމާލުކަން ހޯދަމުންނެވެ.
ކިއާރާ ބުނާގޮތުގައި ''ޑޮޕަލްގޭންގާ'' މީ އޭނާ އެހާ ގަޔާވާ ބަހެއް ނޫނެވެ. ހަގީގީ ދިރިއުޅުމުގައި ޑޮކްޓަރެއްގެ ވަޒީފާ އަދާ ކުރާ އައިޝްވަރިޔާ އަށް ތައުރީފު ކޮށް އޭނާއަށް ލިބެމުން އަންނަ ސަމާލުކަމަށް އުފާކުރާ ކަމަށާއި ނަމަވެސް ޑޮކްޓަރަކަށް ވުމަކީވެސް ޝަރަފެއް ކަމަށް ކިއާރާ ވަނީ ބުނެފައެވެ. ކިއާރާ ބުނާ ގޮތުގައި މީހަކާ އެއްވަތަރު ވެގެން ތައުރީފު ލިބެމުންދިޔަ ނަމަވެސް އަމިއްލަ މީހާގެ އައިޑެންޓިޓީއާ މެދު ފަހުރުވެރިވާން ވާނެއެވެ.
ކިއާރާ އެންމެފަހުން ފެނިގެންގޮސްފައިވަނީ ސިދާތު މަލޯތުރާ އާ އެކު ކުޅުނު ފިލްމު ''ޝޭރްޝާހް'' އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ވަރުން ދަވަން އަދި އަނިލް ކަޕޫރު އާއެކު ފިލްމު ''ޖުގް ޖުގް ޖިއޯ'' އަދި ކަރްތިކް އާރްޔަން އާއި ތާބޫ އާއެކު ފިލްމު ''ބޫލް ބުލައްޔާ 2'' ހިމެނެ އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން