އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 13 އަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފިއެވެ.

އުރީދޫން މިއަދު އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 13، އައިފޯން 13 ޕްރޯ، އައިފޯން 13 ޕްރޯ މެކްސް އަދި އައިފޯން 13 މިނީއަށް ޕްރީ އޯޑާ ކުރުމުގެ ފުރުސަތު މޫލީ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލާފައިވާ ކަމަށެވެ.

ރީތި އާ ޑިޒައިންތަކެއް ހިމެނޭ، އައިފޯނު 13 ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއި ޕްރޯ މޯޝަން ސުޕަ ރެޓިނާ އެކްސްޑީއާރް ޑިސްޕްލޭގެ އިތުރުން މި ފޯނުގެ ބެޓަރި ލައިފް ވެސް ވަނީ އިތުރަށް ފުރިހަމަ ކޮށްފައެވެ.

އައިފޯނު 13 ސީރީޒްގެ ފޯނުތަކުގައި ހިމެނޭ އެޕަލްގެ އޭ-15 ބަޔޮނިކް ޗިޕަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކޮށްފައިވާ އެންމެ ހަލުވި ޗިޕެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މޫލީގެ ވެބްސައިޓް މެދުވެރިކޮށް، ކަސްޓަމަރުންނަށް އައިފޯން 13 ގެ މޮޑެލްތައް ޕްރީއޯޑާ ކުރުމަށް ހުޅުވާލާފައިވާއިރު، މިހާރުވެސް ގިނަ އަދަދެއްގެ ކަސްޓަމަރުން ޕްރީއޯޑާ ކޮށްފައިވާ ކަމަށް އުރީދޫން ބުންޏެވެ.