ފުލުހުން ގައިގައި ހަރުކުރާ ބޯޑީ ވޯން ކެމެރާ ގަންނަން އިއުލާނު ކޮށްފި އެވެ.
ފުލުހުން މަގުމަތި ޕެޓްރޯލް ކުރާއިރު، ސީން ތަކަށާއި އޮޕަރޭޝަންތަކަށް ދާއިރު ގައިގައި ކެމެރާ ހަރުކުރަން ފަށަން ހަމަޖެހިފައިވާ ކަން މީގެ ދެ އަހަރުކުރިން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.
ފުލުހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ފުލުހުންގެ ބޭނުމަށް 200 ބޮޑީ ވޯން ކެމެރާ ހޯދަން ބޭނުންވާ ކަމަށެވެ. އެ ތަކެއްޗަށް ބީލަން ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝައުގުވެރިވާ އެންމެހައި ފަރާތްތަކަށް ހުޅުވާލާ ކަމަށާއި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތް ތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު އިއުލާނުގައިވާ މެއިލް އެޑްރެހަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލް ކުރާނެ ކަމަށެވެ.
ބީލަމުގައި ރަޖިސްޓްރީވި ކަމަށް ޔަގީން ކުރަން ވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުން ކަމަށާއި ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ މި މަހުގެ 19 ވަނަ ދުވަހުގެ 16:00 ކަމަށް ވެސް އިއުލާނުގައިވެ އެވެ. މި ޕްރޮޖެކްޓާ ގުޅިގެން ޕްރީބިޑް ބައްދަލުވުން ނޯންނާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ. ބީލަން ހުޅުވުން އޮންނާނީ 2021 އޮކްޓޯބަރ 28 ވަނަ ދުވަހުގެ 13:30 ގައި އަމީނީމަގު، އިސްކަންދަރު ކޮށި 1 ގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު