އެމެރިކާގެ 5-11 އުމުރުގެ ކުދިންނަށް ފައިޒާ ވެކްސިން ހުއްދަކުރުމަށް އެ ކުންފުނީން ހުށަހަޅައިފިއެވެ.
އެ ކުންފުނިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދީންނަށް އިމަޖެންސީ ހުއްދައިގެ ދަށުން ވެކްސިން ދިނުން ހުއްދަ ކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އަށް ހުށަހަޅާފައިވާ ކަމަށެވެ. އެފްޑީއޭ ގެ ހުއްދަ ލިބުމާއެކު މި އުމުރު ފުރައިގެ ކުދީންނަށް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ވެކްސިން ދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. މިހާތަނަށް ފައިޒާ ވެކްސިން ދެވޭ އެންމެ ދަށް އުމުރު ފުރައަކީ 12 އަހަރުން މައްޗެވެ.
ފައިޒާއިން ވަނީ ވެކްސިންގެ ޑޯޒު ދަށްކުރުމަށްފަހު އުމުރުން 5-11 އަހަރުގެ 2268 ކުއްޖަކަށް ދީ ސިއްހީ އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށް ބުނެފައެވެ. ނަމަވެސް މިއުމުރުގެ ކުދިންނަށް ވެކްސިންގެ ސަބަބުން މައްސަލަތައް ދިމާވޭތޯ އިތުރަށް ދިރާސާތައް ކުރަން ޖެހެ އެވެ.
އެމެރިކާގެ ސެންޓާ ފޮ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އަށް ލަފާ ދޭ ފަރާތްތަކުން މިކަމުގައި ވަކިގޮތެއް ކަނޑައެޅުމުން އެފްޑީއޭ ގެ ނިންމުން އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ