މުނިފޫހިފިލުވުން

ފިލްމް މަސައްކަތް ދީނާ ފުށުއަރާ ކަމަށް ބުނެ ދުރަށް ދިޔަ ޒައިރާގެ އިންސްޓަގްރާމް ޕޯސްޓެއް

ބޮލީވުޑް ފިލްމު ''ސީކްރެޓް ސުޕަސްޓާ'' ފަދަ ފިލްމުތަކުން އެންމެންގެ ލޯބި ހޯދި ޒައިރާ ވަސީމް ގިނަ ދުވަސްތަކަކަށްފަހު އިންސްޓަގްރާމުގައި ފޮޓޯއެއް ޕޯސްޓުކޮށްފިއެވެ.

އިންސްޓަގްރާމަށް ދޫކޮށްލި ޒައިރާގެ މޫނު ނުފެންނަ ގޮތަށް ނަގާފައިވާ ފޮޓޯގައި އޭނާ ފެންނަނީ ދޫކޮށް ހުރި ކަޅު ހެދުމެއްގައެވެ. ''ދަ ވޯމް އޮކްޓޫބާ ސަން'' ކެޕްޓަން ކޮށް ލާފައިވާ މިފޮޓޯއަށް ގިނަބަޔަކު ވަނީ ލައިކު ދީފައެވެ.

ޒައިރާގެ އެންމެ ފަހުގެ ފިލްމަށްފަހު އޭނާ ވަނީ އިންޑަސްޓްރީއާ ދުރަށް ދާން ނިންމި ހަބަރު ހިއްސާކޮށްފަ އެވެ. އޭނާ އިންޑްސްޓްރީއާ ދުރަށް ދާން ނިންމާފައިވަނީ ދީނުގައި ސާބިތުވެ ހުރުމަށް މަސައްކަތްކުރަން ބޭނުންވާތީ ކަމަށް ވަނީ ބުނެފައެވެ. 2019 ވަނަ އަހަރު އޭނާ ކުރި ޕޯސްޓުގައި އިންޑަސްޓްރީއާ ދުރަށް ދާން ނިންމި ހަބަރު ހިއްސާ ކުރަމުން އިތުރަށް ބުނެފައިވަނީ އޭނާ ކުރާ މަސައްކަތާ ދީނާއި ފުށުއަރާ ކަމަށެވެ. މީގެ އިތުރުން އޭނާގެ ފޮޓޯ އަދި ވީޑިއޯތައްވެސް ހިއްސާކޮށް ނުހެދުމަށް ފޭނުންގެ ކިބައިން އޭރު ވަނީ އެދިފައެވެ. އަރަމުން ދިޔަ ތަރި ޒައިރާ ކުއްލިއަކަށް އިންޑަސްޓްރީއާ ދުރަށް ދާން ނިންމި ހަބަރުން އޭރު ގިނަބަޔަކަށް ވަނީ ހައިރާންކަން ގެނުވައިފައެވެ.

ޒައިރާ ވަސީމް ކުޅުނު ފިލްމުތަކުގެ ތެރޭގައި 2017 ވަނަ އަހަރު އާމިރްހާން ގެ ''ޑަންގަލް'' އިން އޭނާއަށް ވަނީ ބެސްޓް ސަޕޯޓިން އެކްޓްރެސްގެ ނެޝަނަލް އެވޯޑް ލިބިފައެވެ. އޭގެ އިތުރުން އޭނާ ކުޅުނު ''ސީކްރެޓް ސުޕަ ސްޓާ'' އަދި ޕްރިޔަންކާ ޗޯޕްރާ އާއި ފަރްހާން އަހްތަރް އާއެކު ފެނިގެންދިޔަ ''ދަ ސްކައި އިސް ޕިންކް'' އިން އޭނާ ހުށަހަޅައިދިން ރޯލަށް ގިނަ ބައެއްގެ ތައުރީފުވަނީ ލިބިގެން ގޮސްފައެވެ.