"މޯލްޑިވްސް ލިވިންގް އެކްސްޕޯ 2021"ގެ ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.
ލިވިން އެކްސްޕޯގެ ނުވަ ވަނަ އެޑިޝަންގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ހުޅުމާލޭ H78ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ތިން ސަޕޯޓިން ޕާޓްނަރުންނާއެކު ސޮއިކޮށްފައިވެއެވެ. އެއީ ޕްލޭނިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި އެޕިކް ޝެލްޓާއެވެ.
މިއަހަރުގެ ޕްލެޓިނަމް ސްޕޮންސަރަކަށް ހަމަޖައްސާފައި ވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓް ޕްރައިވެޓް ލިމިޓެޑެވެ. ކޯ ސްޕޮންސަރަކަށް ސެންޑަލް މޮރިޝަސް ހަމަޖައްސާފައިވާ އިރު، އިންޝުއަރެންސް ޕާޓްނަރަކީ އެލައިޑް އިންޝުއަރެންސް އެވެ.
ލިވިން އެކްސްޕޯގެ އެހެން ޕާޓްނަރުން:
މިއަހަރުގެ އެކްސްޕޯ ޕްލޭނިން މިނިސްޓްރީ އާއި އެޗްޑީސީގެ ފަރާތުން އެންޑޯސް ކޮށްފައިވާ އިރު، ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަލީ އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަލީ ބައިވެރިވެވަޑަިގެންނެވި އެވެ.
މިއަހަރުގެ ލިވިން އެކްސްޕޯ ބާއްވަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 18 އިން 20 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އެކްސްޕޯގެ ތެރެއިން އިންވެސްޓަރުންނަށް އެމީހުންގެ އޯޑިއެންސާ ދެމެދު ގުޅުން ގާއިމުކުރުމަށް ބީޓުބީ އަދި ބީޓުސީ ބައްދަލުވުންތައްވެސް ކުރިއަށްދާނެއެވެ. މިއީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މިފަދަ ފުރަތަމަ ފިޒިކަލް އިވެންޓަށް ވެގެންދާނެއެވެ.
ރާއްޖޭގެ ލީޑިން އިވެންޓް މެނޭޖްމަންޓް، ޕަބްލިކޭޝަން އަދި ޕީއާރު ކުންފުނި ހައިރައިޒް އިން 2013 ވަނަ އަހަރުން ފެށިގެން ބާއްވަން އަންނަ ލިވިން އެކްސްޕޯއަކީ ރިއަލް އެސްޓޭޓްގެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް އެއް ޕްލެޓްފޯމެއްގެ ތެރެއިން ފެންނާނެ ގޮތް ހަދައި އެ ދާއިރާގެ ފުރުސަތުތައް އެއް ޕްލެޓްފޯމަކުން ދައްކައިދިނުމުގެ މަގުސަދުގައި ބާއްވާ އެކްސްޕޯއެކެވެ.