ނައިބު ރައީސް ފައިސަލް ނަސީމްގެ ހާލުކޮޅު ދެރަވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "ވަން" އަށް މިރޭ ވިދާޅުވީ ނައިބު ރައީސްގެ ހާލުކޮޅު ދެރަވެ، އިއްޔެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެޑްމިޓްކުރި ސަބަބު ސާފު ނުވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ނައިބު ރައީސްގެ ހާލުކޮޅު މިވަގުތު ރަނގަޅު ކަމަށާއި ސްޓޭބަލް ކަމަށެވެ.

ނައިބް ރައީސަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، މިދިޔަ ފެބްރުއަރީ މަހުވެސް ވަނީ އެމަނިކުފާނުގެ ހާލުކޮޅު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދީފައެވެ.