ސްޓެލްކޯއިން އިލެކްޓްރިކް ވެހިކަލް އުފައްދައިގެން ރާއްޖޭގެ ބާޒާރަށް ނެރެން ބޭނުންވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ ވޯކްޝޮޕް "ސްޓެވޯ" ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މުޣުނީ ވިދާޅުވީ، އެކުންފުނިން ބޭނުންވަނީ އިލެކްޓްރިކް ވެހިކަލް އުފެއްދުމަށް ބޭނުންވާ ބައިތައް ރާއްޖެ ގެނެސް ރާއްޖޭގައި އެސެލްބަލް ކުރުމަށް ކަމަށާއި އިލެކްޓްރިލް ވެހިކަލް ރާއްޖޭގައި އެސެމްބަލް ކުރުމުގެ މަސައްކަތް ދާދި އަވަހަށް ފަށާނެ ކަމަށެވެ. ނަމަވެސް ސީދާ ތާރީހެއް ވިދާޅެއް ނުވެއެވެ.
"މިއަދު އަޅުގަނޑުމެން އަމިއްލައަށް އެސެމްބަލް ކުރި ޖަނަރޭޓަރެއް ދައްކާލެވިއްޖެ. ދެން އަޅުގަނޑުމެން ބޭނުންވަނީ އިލެކްޓްރިލް ވެހިކަލެއް އަމިއްލައަށް އެސެމްބަލް ކުރަން،" މުޣުނީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ވެހިކަލްތައް ފަރުމާކުރާނީ ރާއްޖޭގެ ވެއްޓާ ގުޅޭ ގޮތަށް ކަމަށެވެ. އަދި މިއީ ދަތުރުފަތުރުގެ މުސްތަގުބަލަށް ތިމާވެއްޓާ ރައްޓެހި ހައްލެއް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު