އިޓަލީގައި ދިރިއުޅެމުން އަންނަ ސެނަގާލްގެ މަޝްހޫރު ޓިކްޓޮކް ތަރި ކާބީ ލާމޭ ނުދަންނަ މީހަކު މިހާރު މަދުވާނެއެވެ. އިންޓަނެޓުގައި ކުއްލިއަކަށް މަޝްހޫރު ވި ކާބޭ ވީޑިއޯތަކުގެ ސަބަބުން އޭނާއަށްވަނީ 2 މިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބިފައެވެ.
ވީޑިއޯތަކުގައި އެއްވެސް ވާހަކައެއް ނުދައްކާ ކަންކަން ކުރެވެން އޮންނަ ފަސޭހަ ގޮތް ދައްކާލައިގެން 21 އަހަރުގެ މި ޒުވާނާ ތައްޔާރުކުރާ ވީޑިއޯތަކަށް 100 މިލިއަން އަށް ވުރެ ގިނަ ފޮލޮވަރުން އޭނާއަށް ވަނީ ލިބިފައެވެ.
ކާބޭ މިވަނީ މިކަހަލަ ވީޑިއޯއެއް އިންޑިއާގެ ކުންފުންޏަކަށް ކުޅެދީފައެވެ. އިންޑިއާގެ ފެންޓަސީ ގޭމް ޑްރީމްޓީމް11 އަށް ކުޅެދީފައިވާ ޕްރޮމޯޝަނަލް ވީޑިއޯގައި ފެނިގެންދަނީ ވިރާޖް ގެލާނީ ރައްޓެއްސަކާއެކު ވަގުތު ހޭދަކުރާތަނެވެ. ނަމަވެސް ރަހުމަތްތެރިޔާ ފްރެންޗްފްރައިސް ކާން އުޅޭ ގޮތުން އޭނާގެ ބޮލަށް އުނދަގޫ ވެގެން ކާން އޮންނަ ގޮތް ކިޔައިދޭން ކާބޭއަށް ގުޅައެވެ.
ފްރެންޗްފްރައިސް ކާން އޮންނަ އެންމެ ފަސޭހަގޮތަށް، އަތުން ކާނެ ގޮތް ކާބޭ ދައްކައިދެއެވެ. އަދި ސިކުނޑި ރަނގަޅަށް ބޭނުންކުރަން ބޭނުންވާ ނަމަ ޑްރީމްޓީމް 11 ގައި ބޭނުން ކުރުމަށް ބޯޑެއްގެ އެހީގައި އޭނާ ބުނެދެއެވެ.
ކާބޭގެ ފުރަތަމަ އިންޑިއާ ވީޑިއޯއަށް ގިނަބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ. އެގޮތުން ގިނަ ބަޔަކު އެ ވީޑިއޯ ޝެއާ ކުރަމުން އަންނައިރު މި އިޝްތިހާރުވަނީ ވަރަށް ބޮޑަށް މަޝްހޫރުވެގެން ގޮސްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން