ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަންނަ ހުކުރު ދުވަހުން ފެށިގެން ރަނގަޅު ވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. އިއްޔެއިން ފެށިގެން މާލޭ ސަރަހައްދަށް މޫސުން ރީތިކޮށް އޮތް ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ދިޔައީ ވިއްސާރަ ކުރަމުންނެވެ.
މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު "ވަން" އަށް މިއަދު ބުނީ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅު ވާން ފަށާނެ ކަމަށާއި ނަމަވެސް ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކަނޑުވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އެހެން ނަމަވެސް ވައި މަޑުވާނެ ކަމަށާއި އޭގެ ސަބަބުން ރަށްރަށަށް އުދައެރުމުގެ ފުރުސަތު ކުޑަވާނެއެވެ.
ފާއިތުވި ދުވަސްތަކުގައި މޫސުން ގޯސްވެ ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފަ އެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުން ސަފާރީއެއް އަޑިއަށް ގޮސް ހަތް މީހަކު ވަނީ ކަނޑުވެފަ އެވެ. އަދި އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު