ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަކުރި އިތުރު 25 ރަށަކާއެކު ޖުމުލަ 88 ރަށަކަށް ޕީސީއާރު ނެގެޓިވް ނަތީޖާއަކާ ނުލައި ދަތުރު ކުރުމުގެ ހުއްދަ ދީފިއެވެ.
ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑު ފެތުރުމުންދާތީ، މާލެއިން ރަށްރަށަށް ދަތުރުކުރާ އިރު 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ. ނަމަވެސް ވެކްސިން ޖަހަން ފެށުމުން ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަރަންޓީނުވުމެއް ނެތި މާލެއިން ރަށްރަށަށް ދަތުރު ކުރެވޭ ގޮތް ހެދިއެވެ. އެކަމަކު އެގޮތަށް ދަތުރު ކުރެވެނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުއެވެ.
ނަމަވެސް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން، ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ރަށްރަށަށް ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް އުސޫލު ބަދަލުކުރިއެވެ.
އެގޮތުން 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމުގެ އިތުރުން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މީހުންނާއި ޓޫރިސްޓު ހިދުމަތުގައި މަސައްކަތް ކުރާ މީހުންގެ 95 ޕަސެންޓް ވެކްސިން ފުރިހަމަވެފައިވާ ނަމަ، އެރަށަކަށް ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭނެއެވެ.
ރާއްޖޭގައި މިހާތަނަށް 391،738 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައިވާ އިރު، ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދަކީ 335،926 އެވެ.
- ހއ. އުލިގަމު
- ހއ. އުތީމު
- ހއ. ކެލާ
- ހއ. މުރައިދޫ
- ހދ. ނެއްލައިދޫ
- ހދ. ކުމުންދޫ
- ހދ. ނޮޅިވަރަންފަރު
- ހދ. ފިނޭ
- ހދ. ނައިވާދޫ
- ނ. މަނަދޫ
- ނ. މަގޫދޫ
- ނ. މާޅެންދޫ
- ނ. ވެލިދޫ
- ރ. މަޑުއްވަރި
- ރ. އިންނަމާދޫ
- ރ. އިނގުރައިދޫ
- ރ. އަނގޮޅިތީމު
- ރ. ރަސްމާދޫ
- ރ. ރަސްގަތީމު
- ރ. މީދޫ
- ރ. އަލިފުށި
- ބ. ފެހެންދޫ
- ބ. ފުޅަދޫ
- ބ. ކެންދޫ
- ބ. ގޮއިދޫ
- ބ. ދޮންފަނު
- ބ. ކިހާދޫ
- ބ. ދަރަވަންދޫ
- ބ. ހިތާދޫ
- ބ. ތުޅާދޫ
- ބ. ކުޑަރިކިލު
- ބ. އޭދަފުށި
- ބ. މާޅޮސް
- ބ. ކަމަދޫ
- ޅ. ނައިފަރު
- ޅ. އޮޅުވެލިފުށި
- ޅ. ކުރެންދޫ
- ޅ. ހިންނަވަރު
- ކ. ހުރާ
- ކ. މާފުށި
- ކ. ހިންމަފުށި
- ކ. ގުޅި
- ކ. ގުރައިދޫ
- ކ. ދިއްފުށި
- ކ. ގާފަރު
- އއ. މަތިވެރި
- އއ. ރަސްދޫ
- އއ. ތޮއްޑޫ
- އއ. ފެރިދޫ
- އއ. އުކުޅަސް
- އދ. ދަނގެތި
- އދ. މަހިބަދޫ
- އދ. ދިގުރަށް
- ވ. ރަކީދޫ
- ވ. ފެލިދޫ
- ވ. ފުލިދޫ
- ވ. ކެޔޮދޫ
- ވ. ތިނަދޫ
- މ. ކޮޅުފުށި
- މ. މުލައް
- މ. ދިއްގަރު
- މ. ނާލާފުށި
- ފ. މަގޫދޫ
- ފ. ދަރަނބޫދޫ
- ފ. ފީއަލި
- ދ. ބަނޑިދޫ
- ދ ކުޑަހުވަދޫ
- ދ. ރިނބިދޫ
- ދ. މާއެނބޫދޫ
- ދ. މީދޫ
- ދ. ހުޅުދެލި
- ތ. ތިމަރަފުށި
- ތ. ކިނބިދޫ
- ތ. ހިރިލަންދޫ
- ތ. ގުރައިދޫ
- ލ. ހިތަދޫ
- ލ. މުންޑޫ
- ލ. އިސްދޫ-ކަލައިދޫ
- ލ. މާބައިދޫ
- ލ. މާމެންދޫ
- ގއ. ވިލިނގިލި
- ގއ. ކަނޑުހުޅުދޫ
- ގއ. ގެމަނަފުށި
- ގއ. މާމެންދޫ
- ގއ. ދެއްވަދޫ
- ގއ. ނިލަންދޫ
- ގދ. ރަތަފަންދޫ
- ފުވައްމުލައް ސިޓީ
ޚަބަރު
ޚަބަރު
ޚަބަރު