ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް، 2023 ވަނަ އަހަރުގެ ތެރޭގައި، މަސްވެރީންނަށް ހަމަ އަގު ލިބިގެންދާނެ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަ ހުސެއިން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް މަސްވެރިންނަށް ހަމައަގު ލިބޭނީ ކޮން ތާރީހެއްގައިތޯ، ހަސަންޓޭ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އިންޑިއަން އެގްޒިމް ބޭންކުގެ އެހީގެ ދަށުން ޅ. ފެލިވަރު މަސް ފެކްޓްރީ އަޕްގްރޭޑް ކުރުމުގެ 35 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް ސަރުކާރުން ފަށާފައިވާ ކަމަށެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ދުވާލަކު 200 ޓަނުގެ މަސް ފިނިކުރާނެ ބްރައުން ފްރީޒިން އާއި 80 ޓަނު މަސް ފިނިކުރާނެ ރެފްރިޖަރޭޓިން ސީވޯޓާ ސިސްޓަމެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ އިތުރުން ޖުމުލަ 280 ޓަނުގެ މަސް ފިނިކޮށް ގަނޑުކުރުގެ ގާބިލުކަން ގާއިމު ކޮށް، އެތަނުގައި މިހާރު 30 ޓަނު ޕްރޮސެސްކުރާ ކޭނަރީ ހުރި ނަމަވެސް އެ ޕްރޮޖެކްޓްގެ ދަށުން، 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ފެލިވަރުގައި ގާއިމު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފެލިވަރުގައި މިހާރު ހުރީ 550 ޓަނުގެ ކޯލްޑް ސްޓެރޭޖެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ފެލިވަރުގައި އިތުރު 100 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމު ކުރާނެ ކަމަށާއި، މީގެ ތެެރެއިން 50 ޓަނުގެ އައިސްޕްލާންޓް ކުރިއަށް މިއޮތް މަސްވެރިންގެ ދުވަހުގެ ކުރީން ގާއިމު ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ޕްރޮޖެކްޓް ނިމުމުން، އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި 2023 ވަނަ އަހަރުގެ މެދު ތެރޭގައި ނުވަތަ، އޭގެ ކުރީކޮޅު މަސްވެރިންނަށް މަހުގެ އަމަ އަގު ލިބިގެންދާނެ އެވެ.
ކުރީގެ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
ކުރީގެ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
ކުރީގެ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން