ފާއިތުވި ތިން އަހަރާ އަޅައި ބަލާއިރު މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރި މިންވަރު ބޮޑުތަނުން އިތުރު ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ތިން އަހަރާ އަޅައިބަލާއިރު ޑެންގޫ އަދި ޗިކުން ގުންޔާ ޖެހިގެން ރިޕޯޓު ކޮށްފައިވާ މިންވަރު ދަށްވެފައިވީ ނަމަވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރި މިންވަރު އިތުރުވެފައިވާ ކަމަށެވެ.
އެ ގޮތުން މިދިޔަ މަހުގެ ނިޔަލަށް 11348 މީހަކު ރޯގާ ޖެހިގެން ރިޕޯޓު ކޯށްފައިވާ ކަމަށާއި އޮގަސްޓު ފަހު ހަފުތާގައި އެކަނިވެސް ރޯގާ ޖެހިގެން 4246 މީހަކު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި ދުވަސްވަރު އަރިދަފުސް ރޯގާ އާއި ހުން ފެތުރޭ މިންވަރު އިތުރު ވެ، ފަސޭހަ ކަމާއެކު ޑޮކްޓަރަށް ދެއްކޭނެ ކުލިނިކެއް ވަނީ ހުޅުވާފަ އެވެ. އަދި އެ ކުލިނިކުގެ ހިދުމަތް އިއްޔެ ވަނީ ފަށާފަ އެވެ.