ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޑިޒާސްޓާ ރިކަވަރީ ޑްރިލެއް މިރޭ ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާތީ ހަތަރު ގަޑިއިރަށް އެ ބޭންކުގެ ހިދުމަތްތަކަށް ބުރޫ އަރައިފާނެ ކަމަށް ބުނެފިއެވެ.

ބީއެމްއެލުން ބުނީ، ގުދުރަތީ ކާރިސާއެއް ކުރިމަތިވެއްޖެ ނަމަ ތައްޔާރީ ހާލަތުގައި އޮތް މިންވަރު ބެލުމަށްޓަކައި ޑްރިލެއް މިރޭ ދަންވަރު 1:00 އިން ފަތިހު 5:00 އަށް ކުރިއަށްގެންދާނެ ކަމަށެވެ.

ޑްރިލް ކުރިއަށްގެންދާ ވަގުތު ބީއެމްއެލްގެ ވެބްސައިޓަށް ވަނުމަށާއި، އިންޓަނެޓް ބޭންކިން، ޕީއޯއެސް މެޝިނުގެ ހިދުމަތާއި އޭޓީއެމާއި ޕޭމަންޓް ގޭޓްވޭއާއި ކާޑުގެ ހިދުމަތާއި މޯބައިލް ޕޭގެ އިތުރުން އޫއެސް ޑޮލަރު ބުކިން ޕޯޓަލްގެ ހިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލުން ވަނީ އެ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށްޓަކައި ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.