ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން މި އަހަރު ކުރިއަށްގެން ދިޔުމަށް ހަމަޖެހިފައިވާ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޕީއެލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ މި ޕްރޮގުރާމުގައި އުމުރުން 18 އަހަރުން މަތީގެ އެންމެނަށް ބައިވެރިވެވޭނެ ކަމަށެވެ. އަދި އޯލެވެލް އާއި އޭލެވެލް ނުވަތަ ދަށްވެގެން ގުރޭޑް އަށެއްގެ ފެންވަރު ހުރި މީހުންނަށްވެސް މި ޕްރޮގުރާމުގައި ބައިވެރިވެވޭނެ ކަމަށް ބުންޏެވެ.
- ފޮޓޯގްރަފީ އެޕްރެންޓިސް
- ޓަގް ޑްރައިވާ
- ކޮޕީ ރައިޓާ
- ހެވީ ވެހިކަލް އޮޕަރޭޓާ
- ވެލްޑާ
- އެލޫމިނިއަމް ޓެކްނީޝަން
- ކާޕެންޓާ
- މޭސަން
- ހެލްތް، ސޭފްޓީ އެންޑް އެންވަޔަރަމަންޓް އެޕްރެންޓިސް
- މެޝިނިސްޓް
- ޓިންކަރިން މެކޭނިކް
- އެއާ ކޮންޑިޝަނިން ސާވިސް އެންޑް ރީފާ މެކޭނިކް
- މެރިން އިންޖިނިއަރިން
އެމްޕީއެލް އިން ބުނީ މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް މަހަކު 5000 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެދި ފޯމު ހުށަހެޅުމަށް އެކުންފުނިން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު