ކަރިޝްމާ ޕާޓީ މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމުގެ ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ނިންމައިފިއެވެ.
އެ ނަމުގައި ޕާޓީއެއް އުފައްދަން ހުށައެޅީ މ. ކެލަން، މުހައްމަދު އިސްމާއީލެވެ.
އީސީން މިއަދު ބުނީ "ކަރިޝްމާ ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހެޅި ހުށަހެޅުމަށް ހުއްދަ ނުދިނުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމާފައިވަނީ ފޯމާއެކު މުހައްމަދު އިސްމާއީލް ހުށަހަޅާފައިވާ ލިޔެކިޔުން ފުރިހަމަ ނުވާތީ އާއި އޭނާ ހުށަހަޅާފައިވާ ނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށް ޖަނަވަރީ، 16 2019 ގައި ކޮމިޝަނުން ނިންމާފައި ވާތީއެވެ.
އޭނާ ވަނީ މީގެ ކުރިން ވެސް ހަމަ އެ ނަމުގައި ޕާޓީ އުފައްދަން އީސީއަށް ހުށަހަޅައިފައެވެ. ނަމަވެސް ފަހުން މުހައްމަދު އިސްމާއިލް ވަނީ އެ ހުށަހެޅުން އަނބުރާ ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު