ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހަ ބުރީގެ ޕްރައިވެޓް ސްކޫލެއް އެޅުމަށް ވިލާ އެޑިއުކޭޝަނަލް ސާވިސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ، ސްކޫލު އިމާރާތް އެޅުމަށް ވިލާ އެޑިއުކޭޝަނަލް ސާވިސްއަށް ހުޅުމާލޭ ފުރަތަމަ ފިޔަވަހިން 35،885.98 އަކަ ފޫޓުގެ ބިމެއް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި ވިލާ އެޑިއުކޭޝަނަލް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރު އަހުމަދު އަންވަރެވެ.

އެ ބިމުގައި އަޅާނީ ހަ ބުރީގެ ޕްރައިވެޓް ސްކޫލެއް ކަމަށް އެޗްޑީސީން ބުންޏެވެ.