ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ ދިރާގުން، ކްލައުޑް ވީޕީއެން ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނީ މި ހިދުމަތް ތައާރަފުކުރުމާ ގުޅިގެން ކޮންމެ ތަނަކު، ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކު އިންޓަނެޓުގެ ހިދުމަށް ހޯދޭނެ ކަމަށެވެ.
އެގޮތުން ވަޒީފާގައި އުޅޭ ފަރާތްތަކަށާއި، ކިޔަވާ ކުދިންނަށްވެސް މި ހިދުމަތުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ގިނަ އޮފީސްތަކާއި ކިޔަވާ ކުދިންވެސް އޮންލައިންކޮށް މަސައްކަތް ކުރަމުން އަންނަ އިރު، ވީޕީއެންއެއް ތައާރަފު ކުރުމުން އެފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ދިރާގުން އިތުރަށް ބުނީ، މި ހިދުމަތަކީ ފައިބަރު ބްރޯޑްބޭންޑް ކަސްޓަމަރުންނަށާއި، މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށްވެސް ލިބޭނެ ހިދުމަތެއް ކަމަށެވެ. އަދި މި ވީޕީއެން އަކީ ފަސޭހައިން މެނޭޖްކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ވީޕީއެން އެއް ކަމަށެވެ. އެހެންކަމުން މި ވީޕީއެން ބޭނުންކުރާއިރު ވީޕީއެންއަށް ޑޭޓާއެއް ނުދާނެ ކަމަށާއި، އަދި އެހެން ވީޕީއެންތަކާ ހިލާފަށް ހާޑްވެއާ އަދި ސޮފްޓްވެއާ އަށްވެސް އެއްވެސް ހަރަދެއް ކުރާން ނުޖެހޭނެ ކަމަށެވެ.
ދިރާގުން އިއްޔެ ވަނީ ވިޔަފާރިތަކުގައި ބޭނުންކުރާ މުހިންމު ޑާޓާތަކާއި ސިސްޓަމްތައް ރައްކާތެރިގޮތުގައި ބޭނުންކުރަން ފަސޭހަކުރުމަށް ކްލައުޑް ޔުނިފައިޑް ތްރެޓް މެނޭގްމެންޓް (ޔޫޓީއެމް) ވެސް ތައާރަފުކޮށްފައެވެ. ކްލައުޑް ޔޫޓީއެމްގެ އެހީގައި ޓްރެފިކް އެނަލައިޒްކޮށް ބޭނުން ކުރެވޭ މިންވަރު ވަގުތުން މެނޭޖްކުރުމާއެކު ގެސްޓް ހައުސް، ހޮޓެލްސް، ކުޑަ އަދި މެދުފަންތީގެ ވިޔަފާރިތަކުގައިވެސް ބޭނުންކުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު