ސަރުކާރުގެ އިދާރާތަކަށް އޮންލައިން މެސެޖަކުން ކަންކަން ހުށަހެޅުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ހުޅުވައިލައިފިއެވެ.
ރައީސް އޮފީހުން ބުނީ، އާންމު ރައްޔިތުންނާއި ސަރުކާރާ ދެމެދު މިހާރަށްވުރެ ލުއިފަސޭހަ ގޮތެއްގައި މުއާސަލާތު ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްޓަކައި، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީން ގާއިމުކޮށްފައިވާ އޮންލައިން ޕްލެޓްފޯމް "GOV.MV" މެސެޖުގެ ހިދުމަތް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ކަންކަން ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނަށް މިހާރު ހުޅުވިފައިވާ ކަމަށެވެ.
އެގޮތުން އޮންލައިންކޮށް ކުރާ މެސެޖަށްވެސް އެ އިދާރާއަކުން ހަމަޖައްސާފައި އޮންނަ ވަކި މުއްދަތެއްގެ ތެރޭގައި ޖަވާބު ދޭންވާނެ ކަމަށާއި ޖަވާބު ދޭންވާނީ ދިވެހި ބަހުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައްޔިތުން ފޮނުވާ މެސެޖުތައް ފެންނާނެހެން ޑޭޝްބޯޑަކާ އެއްކޮށް ފަރުމާކޮށްފައިވާ "GOV.MV" މެސެޖުގެ ހިދުމަތުގެ ސަބަބުން ސަރުކާރުގެ އޮފީސްތަކަށް ކޮންމެ ގަޑިއަކުވެސް ލިޔެކިޔުންތައް ފޮނުވޭނެއެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ، އެ ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު