މިރޭ ރާއްޖޭ ގަނޑިން 9:00 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ވަރަށް ގިނަ ވާހަކަތައް ކިޔައިދެއްވާނެ ކަމަށް މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ދައުވާ އުފުލާފައި ވަނިކޮށް ބޭސްފަރުވާ އަށް ކަމަށް ބުނެ އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް ރާއްޖެ ވަޑައިނުގެން އެ ގައުމުގައި ހުންނަވަނި ކޮށް، މިދިޔަ މަހުގެ 25 ގައި އަލީ ވަހީދު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެކަން އެގައުމުގެ ފުލުހުން ދިވެހި ފުލުހުންނަށް ވަނީ އަންގައިފައެވެ.
އަލީ ވަހީދު އެ ދުވަހު ހައްޔަރުކޮށްފައިވަނީ ވެސް ނިއުސްކޮންފަރެންސެއް ބާއްވަން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ.
އިނގިރޭސި ފުލުހުން އަލީ ވަހީދު ހައްޔަރުކޮށްފައިވާ ކަމަށް ބުނި ނަމަވެސް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޭނާ އަންނަނީ ޓުވީޓް ކުރައްވަމުންނެވެ. އެގޮތުން ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިރޭ ރާއްޖޭ ގަޑިން 9:00 ގައި ނިއުސްކޮންފަރެންސެއް ދެއްވާނެ ކަމަށެވެ.
"މިރޭގެ ނިއުސް ކޮންފަރެންސްގައި އަޅުގަނޑު ފްރޭމް ކޮށް އަޒުލު ކުރި ގޮތާއި ރައީސް ޔާމީން ޖަލަށް ލާން ނިންމި ނިންމުމާއި ޕީޖީއާއި އެމްއެމްޕީއާރުސީ ގެ ހިޔާނާތާ އޮތް ގުޅުމާއި އުތުރު ތިލަފަޅު ހިމެނޭ،" އަލީ ވަހީދުގެ ޓުވީޓްގައި ވިދާޅުވި އެވެ.
ސްޕްރީމް ކޯޓުގެ އަމުރު ރައްދު ވުމުންވެސް އެ ކޯޓުގެ އަޑުއެހުމަށް ހާޒިރުވެފައި ނުވާތީ، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި ދެ މަހާއި ބާރަ ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.
އަލީ ވަހީދު ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް އެ ކޯޓުން ކަރެކްޝަންސް އަށް އަންގާފައިވާ އިރު، އަލީ ވަހީދު ރާއްޖެ ގެނެސްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް ކަރެންޝަންސް އިން ވަނީ ބުނެފައެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު