މުލިއާގޭ ކައިރިން މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.
ފުލުހުން ބުނީ މުލިއާގޭ ކައިރީގައި މާރާމާރީއެއް ހިންގި ކަމުގެ މައުލޫމާތު މިރޭ 7:59 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވެފައިވަނީ ފިރިހެނަކަށް ކަމަށާއި އެމީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ސާފެއް ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު