ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަންގެ މުއްދަތު އަންނަ މަހުގެ 14އާ ހަމައަށް އިތުރުކޮށްފިއެވެ.
މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ސަޅި ޕްރީޕެއިޑްގެ ހުރިހާ ޕެކޭޖަކުންވެސް ދުވާލަކު ދެ ޖީބީ ޑޭޓާ ލިބުމުގެ އިތުރުން ސޯޝަލް މީޑިއާ ޑޭޓާގެ އަދަދު ފަސް ގުނަ އިތުރަށް ލިބިގެން ދާނެއެވެ.
ޕްރޮމޯޝަން ދުވަސްކޮޅު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސަޅި ވީކްލީ، ސަޅި ދެ ވީކްސް އަދި ސަޅި މަންތުލީ ޕްލޭނުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ދެ ޖީބީ ޑޭޓާގެ އިތުރުން އިތުރު ސޯޝަލް މީޑިއާ ޑޭޓާ އެ މުއްދަތަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ސަޅި ޕްރީޕެއިޑްގެ ކޮންމެ ޕެކޭޖަކުންވެސް ކަސްޓަމަރުންނަށް ދިރާގު ނަންބަރުތަކަށް މުޅިން ހިލޭ ބޭނުން ވަރަކަށް ގުޅައިލެވޭނެއެވެ. މިއާއެކު ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތަކަކީ އެންމެ ގިނަ ޑޭޓާ ހަމަ އެންމެ އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭންތަކެވެ.
ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތައް ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެއެވެ. އެގޮތުން މިހާރު ކަސްޓަމަރުންނަށް 21 ޖީބީ ހަމަ އެންމެ 145 ރުފިޔާއަށް ދިރާގު ސަޅި ޕްރީޕެއިޑުން ލިބިގެންދާނެއެވެ.
ދިރާގުން ބުނީ އެކުންފުނީގެ މަގުސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަގީންކަމާއެކު ކަސްޓަމަރުންނަށް ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު