ޚަބަރު

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑުން އަންލިމިޓެޑް ކޯލްސް!

އަލީ ޔާމިން

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑަށް "އަމިއްލަ ވޮއިސް ޕްލަސް"ގެ ނަމުގައި މުޅިން އާ "ވޮއިސް" އެޑް-އޮން އެއް ތައާރަފުކޮށްފިއެވެ.

މަހަކު އެންމެ 175 ރުފިޔާއަށް އެކްޓިވޭޓް ކޮށްލެވޭ މި އެޑް-އޮންއިން ދިރާގު ނަންބަރުތަކަށް ހިލޭ ގުޅައިލެވޭނެއެވެ.

މިއަހަރުގެ ކުރީކޮޅު ތައާރަފުކުރި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑަކީ ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ހާއްސަކޮށްގެން ވަރަށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކޮށްލެވޭނެ ޕްލޭނެކެވެ. އަމިއްލަ ވޮއިސް އެޑް އޮން އަކީ މިހާރު ކަސްޓަމަރުން ބަލައިގަންނަ ޕެކޭޖުތަކުގައި ހިމަނާފައިވާ ހިލޭ ވޮއިސް މިނެޓްސްގެ އިތުރަށް ވޮއިސް ކޯލްސް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފުކުރި އެޑް-އޮން އެކެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން އަމިއްލަ ޕޯސްޓްޕެއިޑްގެ "ވެލިއު ޕްކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކުރެވޭނެއެވެ. ވެލިއު ޕެކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި ސްޓްރީމިން އެޑްއޮންސް ހިމެނެއެވެ. ސްޓްރީމިން އެޑްއޮންގައި ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކް ހިމެނިގެންދާނެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅާ ކަސްޓަމަރުންނަށް ހާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ވަނީ ހިމަނައިފައެވެ.