އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 32 އިންޗި ހިޓާޗީ ޓީވީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
"ބައްތިރީސް"ގެ ނަމުގައި މިއަދު ފެށި މި ޕްރޮމޯޝަން އަންނަ މަހުގެ 15ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ޕްރޮމޯޝަންގައި ބައްތިރީސް އިންޗީގެ ހިޓާޗީ އެންޑްރޮއިޑް ސްމާޓް ޓީވީ ވިއްކާ އަގަކީ އެންމެ 2،999 ރުފިޔާއެވެ.
މި ޓީވީއަކީ އެހާމެ އަޑު ސާފު، ކުލަތައް އެހާމެ ޗާލު ޓީވީއެކެވެ. މީގެ އިތުރުން މިއީ ނެޓްފްލިކްސްއާއި ޔޫޓިއުބް ފަދަ ޒަމާނީ އެޕްލިކޭޝަން ބޭނުންކުރެވޭ އެޗްޑީ ޓީވީއެކެވެ.