ފާނަ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ފަސް މީހުންނާއެކު ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.
އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 6:00 ހާއިރު އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ދޯނި އަޑިއަށް ދިޔައީ ތ. ވަންދޫ ކައިރީގައި އޮންނަ ފަޅުރަށެއްގެ ކައިރިއަށެވެ. އެ މީހުން ސަލާމަތްކޮށްފައިވަނީ، ކައިރީގައި އޮންނަ ވަންދުއިން އެ ސަރަހައްދަށް ދިޔަ ބައެކެވެ.
"ކަނޑުގަދަކަމުން މިތާ ކައިރީ އޮންނަ ފުށީ ފަޅުތެރޭގައި އަޅައިގެން ތިބީ. އެއިރުވެސް ވަރަށް ކަނޑުގަދަ. ދެން އެމީހުންނަށް ހޭލެވުނީ ދޯނީގެ ފަހަތުން ރާޅު އަރާތީ. މިހާރު ދޯނި އެއްކޮށް އޮތީ އަޑީގައި" މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ބުންޏެވެ.
އަޑިއަށްދިޔަ ދޯނީގައި ތިބީ ތ. ވިލުފުއްޓަށް ނިސްބަތްވާ މީހުންނެވެ. އަޑިއަށް ދިޔަ ދޯނީގެ ދިގުމިނުގައި ގާތްގަނޑަކަށް 25-27 ފޫޓު ހުންނާނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު