ހދ. ހަނިމާދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ 84 ޕަސެންޓް މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން ދުވާރު ހެދުމުގެ މަސައްކަތުގެ 89 ޕަސެންޓާއި ސަބްގްރޭޑް މަސައްކަތްތަކުގެ 65 ޕަސެންޓާއި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ 60 ޕަސެންޓް މިހާރު ނިންމާލައިފައިވާ ކަމަށެވެ.

މި މަޝްރޫއޫގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 16,518 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި މަގުގައި ދުއްވޭ ގޮތަށް 38,916 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި 19,679.7 އަކަ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއަކީ 88.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.