މައްސަލަތައް ހައްލުކުރުމަށްޓަކައި ބޭނުންވަނީ އެމްޑީޕީއަށް ނިސްބަތްވާ ހޯމް މިނިސްޓަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރާއީ މިހެން ވިދާޅުވީ، ހުޅުމާލެ ޖަލުގައި ރޭ މަރުވި ގައިދީގެ މަރާ ބެހޭގޮތުން އާއިލާއިިން ކުރާ ތުހުމަތުތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަމުންނެވެ.
ރާއީ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުުގެ ވެރިކަމުގައި ޖަލުތަކުުގެ އިތުރުން ފުލުހުންގެ ތެރޭގައި ހުރި ގިނަ މައްސަލަތަކެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހައްލުކުރި ނަމަވެސް، ރަނގަޅުކުރަން ޖެހޭ ގިނަ މައްސަލަތަކެއް އަދިވެސް އެބަހުރި ކަމަށެވެ.
އެކަންތައްތައް އަވަހަށް ހައްލު ކުރެވޭނީ އެމްޑީޕީގެ ހޯމް މިނިސްޓަރަކަށް ކަމަށާއި އެހެންކަމުން ބޭނުންވަނީ އެމްޑީޕީގެ ހޯމް މިނިސްޓަރެއް ކަމަށް ވިދާޅުވިއެވެ.
ރާއީ ވިދާޅުވީ މިހާރު އެންމެ ދެކެން ބޭނުންވަނީވެސް އެމްޑީޕީގެ ހޯމް މިނިސްޓަރަކު ހުންނަ ދުވަހެއް ކަމަށެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީއްސުރެ ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވަނީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު