ތ. ވޭމަންޑޫގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދީންތަކެއް ބޭރުގައި އުޅެނިކޮށް ފުލުހުންގެ އެހީތެރިކަމާ އެކީގައި ހޯދައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، ވޭމަންޑޫގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދީންތަކެއް މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު ބޭރުގައި އުޅޭތީ އެކުދީން އަނބުރާ ހިޔާއަށް ގެންދިއުމަށް، ތ. އަތޮޅު ޖެންޑާއިން ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ.
އެހެންކަމުން އެ ކުދީން ހޯދައި ހިޔާއަށް ގެންދިއުމަށް ވޭމަންޑޫ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
"އެއްވެސް ކުއްޖަކަށް ފުލުހުން އަނިޔާ ކޮށްފައެއް ނުވާނެ. އަދި އެއްވެސް ކުއްޖަކަށް ފުލުހުން އަނިޔާ ކުރި ކަމުގެ ޝަކުވާއެއް ފުލުހުންނަށް ލިބިފައެއް ނުވޭ." ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، އެ ކުދީން ހޯދައި ހިޔާއަށް ގެންދިޔައިރު، އެއިން އެއްވެސް ކުއްޖަކަށް ފުލުހުން އަނިޔާ ކުރި ކަމުގެ ޝަކުވާއެއް އަދި އެފަދަ މައްސަލައެއް ވެސް މިހާތަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
މިދިޔަ މާޗު މަހުގައިވެސް ވިލިމާލޭގައި ހުންނަ ހިޔާއިން ގިނަ އަދަދެއްގެ ކުދިންތަކެއް ފިލައިގެން ގޮސްފައިވާއިރު، ދޭތެރެއަކުން ހިޔާގައި އުޅޭ ކުދިން ބޭރަށްދާ މައްސަލަ ފެންމަތިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު