އެމްޑަބްލިޔުއެސްސީ މޯބައިލް އެޕް މެދުވެރިކޮށް މިހާރު ބިލްތަކުގެ ހިސްޓްރީވެސް ބަލައިލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ކުރި ޓުވީޓެއްގައި ވަނީ އެ ކުންފުނީގެ އެޕް މެދުވެރިކޮށް ބިލްތަކުގެ ހިސްޓްރީ ބަލާނެ ގޮތް ކިޔައިދީފަ އެވެ.

އެގޮތުން އެޕް ހުޅުވުމަށްފަހު، ރީސެންޓް ބިލްސް އަށް ދިޔުމަށް ފަހު، ބަލައިލަން ބޭނުންވާ ބިލެއް ހުޅުވުމަށް އެދިފައިވެ އެވެ. އެ ކުންފުނީން ބުނީ ކަސްޓަމަރުންނަށް ފަސޭހަ ކުރުމަށް ޓަކައި ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.