ސިވިލް ސާވިސްގެ ވަޒީފާތަކުގައި ތިބި، އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނަށް އަލުން ސެޓްފިކެޓް ޕްރޮމޯޝަން ދޭން ފަށަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ސެޓްފިކެޓް ޕްރޮމޯޝަން ދިނުން އޮތީ މެދުކަނޑާލައިފއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، އަންނަ މަހުން ފެށިގެން ސެޓްފިކެޓް ޕްރޮމޯޝަން އަލުން ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަންގާފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ކުރިން ދޫ ނުކުރެވި ހުރި މުސާރައާއި އިނާޔަތްތައް ދިނުމާ ގުޅޭގޮތުން ސީއެސްސީން ކަމާ ގުޅޭ އިދާރާތަކާއެކު މަޝްވަރާކުރަމުން ދާތީ، އެ ފައިސާ ދިނުމާ މެދު ވަކި ގޮތެއް އަންގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސެޓްފިކެޓް ޕްރޮމޯޝަނަކީ، ސިވިލް ސާވިސްގެ ފަންނީ ވަޒީފާތަކުގެ އޮނިގަނޑުގައި ތިބި މުވައްޒަފުންނަށް، ވަކި ތައުލީމީ ވަކި ސަނަދެއް ހާސިލުކުރުމުން ދޭ ޕްރޮމޯޝަނެކެވެ.
ޚަބަރު
ޚަބަރު