މުނިފޫހިފިލުވުން

އަހަރެންމީ އަގެއް ނެތް މީހަކަށް މީޑިއާއިން ހެދި، ގައުމު ދޫކޮށް ދާންދެން ބުލީ ވެސް ކުރި: މަލީކާ ޝެރާވަތު

1

ގައުމު ދޫކޮށް ދާންދެންވެސް އޭނާ އަށް ބުލީކުރިކަމުގައި ބޮލީވުޑް ފިލްމުތަކުގައި ހަރަކަތާތްތެރިވި މަލީކާ ޝެރާވަތު ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ ވަރަށް ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގަ އެވެ.

މި އިންޓަވިއުގައި އޭނާ ބުނެފައިވަނީ ބައެއް ޕްރެސްތަކުން އޭނާއަކީ އަގެއް ނެތް މީހެއްގެ ގޮތުގައި ސިފަކޮށް ބުލީ ކުރަމުންދިއުމުގެ ސަބަބުން ދުވަސްކޮޅަކަށް ގައުމު ދޫކޮށް ދިއުމަށް ނިންމަން ޖެހުނު ކަމަށެވެ.

މީގެ ކުރިން އޭނާ ހުށަހަޅައިދީފައިވާ ޒާތުގެ ރޯލުތަކަށް މިހާރުގެ މުޖުތަމައު ކުރިއަށްވުރެ ހޭލުންތެރިވެފައިވާ ކަމަށާއި އެފަދަ ރޯލުތައް ބަލައިގަތުމުގެ ގާބިލުކަން ލިބިފައިވާ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ފިލްމު ކުޅެން ފެށިއިރު ހުށަހަޅައިދެމުން އައި ރޯލުތަކުގެ ސަބަބުން އޭނާއަކީ އެއްވެސް އަގެއް ނެތް މީހެއް ގޮތުގައި ލޭބަލް ކުރެވި ރަނގަޅު ހުށަހެޅުމެއް ނުލިބޭ މީހެއްގެ ގޮތުގައި ބައެއް މީޑިއާތަކުން ކަނޑައަޅާފައިވާ ކަން މަލީކާ ވަނީ ފާހަގަކޮށްފައެވެ. ''އެ ހުރިހާ ވައްތަރެއްގެ ރޯލަކީވެސް ތަޖުރިބާ. އަދި އަހަރެން އުފާކުރަން މިހާރުގެ މުޖުތަމައު އެފަދަ ރޯލުތަކަށް ހޭނިފައިވާތީ.'' އިންޓަވިއުގައި މަލީކާ ބުނެފައިވެއެވެ.

މަލީކާ ބުނާގޮތުގައި ބައެއް މީޑިއާތަކުން ޖައްސާލާފައިވާއިރު އޭގެ އިސްރޯލެއް އަދާކޮށްފައިވަނީ އަންހެނުންތަކެއް ފަހަތުގައި ތިބެގެންނެވެ. އެހެނީ އޭނާ ކުޅޭ ރޯލުތައް އެއްވެސް ފިރިހެނަކަށް މައްސަލައަކަށް ވެފައިނުވާކަމަށް މަލިކާ ބުނެއެވެ. ''ފިރިހެނުންނަށް މައްސަލައަކަށް ނުވޭ، އަހަންނަކަށް ނޭނގޭ އަންހެނުންނަށް އެކަން ބަލައިނުގަނެވޭންވީ ސަބަބެއް، އެމީހުންގެ ފުރައްސާރައިގެ ސަބަބުން އަހަރެން ބުރޭކެއް ނަގައި ދުވަސްކޮޅަކަށް ގައުމުން ބޭރަށް ދިއުމަށް މަޖުބޫރުކުރުވި'' އިންޓަވިއުގައި މަލީކާ ބުނެފައިވެއެވެ.

މަލީކާ ވަނީ ބޮލީވުޑްގައި ދުވަސްކޮޅަކު ހަރަކާތްތެރިވުމަށްފަހު ގައުމު ދޫކޮށް ގޮސްފައެވެ. އެއަށްފަހު ހޮލީވުޑް ފިލްމެއްގަ އާއި ޗައިނާ ފިލްމެއްގައި އޭނާ ހަރަކާތްތެރިވެފައިވާއިރު، އެންމެފަހުން ފެނިގެން ގޮސްފައިވަނީ އާރް/ކޭ ކިޔާ ފިލްމަކުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ އީޝާ ގުޕްތާއާއެކު ހަރަކާތްތެރިވާ ވެބް ސީރީސެއް ކަމަށްވާ ''ނަކާބް'' ކިޔާ ފިލްމަކުންނެވެ.