ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން މިދާ ނިސްބަތުން، ކުރިއަށް އޮތް މުސްތަގުބަލަށް ޓަކައި ދޭތެރެ ކައިރިކުރުމުގެ ޕްރޮގްރާމެއް ހިންގާން ޖެހިދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމއީލް ވިދާޅުވެއްޖެއެވެ.
ގިނަ އަދަދަކަށް ރާއްޖޭގައި ބިދޭސީ މުވައްޒަފުން ތިބި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުން ދާންވާ ހިސާބަށް ދިއުމަށް ޓަކައި ރާއްޖޭގެ އާބާދީ މާ ކުޑަ ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ތަނަށް ދޭތެރެ ކައިރި ކުރުމުގެ ޕްރޮގްރާމެއް ހިންގުމާ މެދު ވިސްނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އިގުތިސޯދު ކުރިއަށް ގެންދާނަމަ އިންސާނީ ވަސީލަތްތައް އެބަ ބޭނުންވޭ. ރާއްޖޭގެ ޕޮޕިއުލޭޝަން އަޅުގަނޑު ދެކޭގޮތުގައި މާކުޑަ ރާއްޖޭގެ އިގުތިސާދު މިދާ ހިސާބަށް ދިއުމަށް. އެއީ ކުރިއަށް އޮތް މުސްތަގުބަލުގައި ނިންމަން ޖެހޭ ކަމެއް. ފަހަރެއްގައި އަޅުގަނޑުމެން ނިންމަން ޖެހިދާނެ ދޭތެރެ ކައިރިކުރާ ޕްރޮގްރާމެއް ފަށަންވެސް. އޭރުން 18، 20 އަހަރު ފަހުން ފަހަރެއްގައި ޕޮޕިއުލޭޝަން އިތުރުވެސް ވެދާނެ،"
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ކުރިއަށް ގެންދިއުމަށް ޓަކައި އިތުރު އިންސާނީ ވަސީލަތް ބޭނުން ވާ ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި ތިބި ވަޒީފާ ނެތް އާބާދީ އެއްކޮށް ވަޒީފާ ތަކަށް ނެރުނު ނަމަވެސް ބޭނުންވާ އަދަދު ހަމަ ނުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ އަންއެޕްލޯއިމެންޓް އާބާދީއަކީ، 30،000 މީހުން ކަމަށާއި، އޭގެ ތެރެއިން ވަޒީފާ ހޯދުމަށް މަސައްކަތް ކުރަނީ 15،000 މީހުން ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. އެ 30،000 މީހުން ވަޒީފާ ތަކަށް ނިކުތަސް ބޭނުންވާ އަދަދު ހަމަ ނުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ، ކުރީއްސުރެ ރާއްޖޭގައި އެންމެ ފަސޭހަކޮށް އަދި އެންމެ ގިނައިން އުފެއްދީ އެކައުންޓެންޓުން ކަމަށެވެ. ނަމަވެސް އެކައުންޓެންސީ ފައިނޭންސްގެ ދާއިރާއިން ބޭރުގެ ހަތަރު ހާހެއްހައި މީހުންނަށް ވޯކްޕާމިޓް ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެހެންކަމުން 1000 އެކައުންޓެންޓުން އުފެއްދުމުގެ މަސައްކަތް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އާ ގުޅިގެން ކުރިއަށް އެބަ ގެންދަވާ ކަމަށެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް