ޓިކްޓޮކުގައި ބަރަހަނާވި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ޓިކްޓޮކުގައި ބަރަހަނާ ވީޑިއޯއެއް އާންމުކުރި މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އެމީހާގެ ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް މިއަދު ދީފައިވާ ކަމަށެވެ.

ޓިކްޓޮކުގައި ދިވެއްސަކު ބަރަހަނާވި މައްސަލަ ފެންމަތިވީ މިމަހުގެ އެއް ވަނަ ދުވަހުއެވެ.

ޓިކްޓޮކުގެ ގަވާއިދު ބުނާ ގޮތުން އޭގައި ބަރަހަނާ ވީޑިއޯ އާންމެއް ނުކުރެވޭނެއެވެ. ނަމަވެސް ފަހަކަށް އައިސް ދިވެހީންގެ ގިނަ ބަޔަކު ޓިކްޓޮކުގައި ނިވާކަން ކުޑަކޮށް ހުންނަ ވީޑިއޯ އާންމުކުރެއެވެ.