ރާއްޖޭގައި ބޮމެއް ގޮއްވާލައި ސުންނާފަތި ކޮށްލާނެ ކަމަށް ބުނެ ނޫރު މިސްކިތު ތަނބެއްގައި ލިޔެ އިންޒާރުދީފި އެވެ.
ނޫރު މިސްކިތު ތަނބެއްގައި ބަޔަކު ލިޔެފައިވާ ލިޔުމެއް މިހާރު ވަނީ ސޯޝިއަލް މީޑިއާގައި އާންމުވެފަ އެވެ.
އެ ލިޔުމުގައި ވަނީ ރާއްޖޭގައި ގަދަވާނީ "ބަންގާޅިން" ކަމަށާއި ބޭނުން ގޮތެއް ހަދައިލާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ބޮމެއް ގޮއްވާލައި ދިވެހި ގައުމު ސުންނާފަތި ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައިވެ އެވެ.
މިކަމާ ގުޅިގެން "ވަން" އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ އެ ލިޔުމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. މީގެ އިތުރަށް އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ފަހަކަށް އައިސް ރާއްޖޭގައި މިފަދަ އިންޒާރު ދެމުންދާ މައްސަލަ ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ މޭ ހަވަނަ ދުވަހު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ވަނީ ބޮމުގެ ހަމަލާއެއް ދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު