ބަރަހަނާ ވީޑިއޯ އާންމު ކުރި މީހާ ހައްޔަރު ކޮށްފި އެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، ބަރަހަނާ ވީޑިއޯއެއް އާންމު ކުރި މައްސަލައަކާ ގުޅިގެން ރޭގެ ވަގުތެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، 36 އަހަރުގެ މި ދިވެހި ފިރިހެން މީހާ ބަރަހަނާ ވީޑިއޯ އާންމުކޮށްފައި ވަނީ ޓިކްޓޮކްގައި ކަމަށެވެ.

މީޑިއާ އޮފިސަރު އިތުރަށް ވިދާޅުވީ، އެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޓިކްޓޮކް ގެ ގަވައިދު ބުނާ ގޮތުން އޭގައި ބަރަހަނާ ވީޑިއޯ އާންމެެއް ނުކުރެވޭނެ އެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ދިވެހީންގެ ގިނަ ބަޔަކު ޓިކްޓޮކްގައި ނިވާކަން ކުޑަކޮށް ހުންނަ ވީޑިއޯ އާންމުކުރެ އެވެ.