ބެން އެފްލެކް އަދި ޖެނީފާ ލޮޕޭޒް އެކުގައި މިއަހަރުގެ ވެނިސް ފިލްމު ފެސްޓިވަލުގައި ބައިވެރިވެއްޖެ އެވެ.
މިދެތަރިން އަލުން ގުޅުމަށްފަހު ރަސްމީކޮށް ހަފުލާއެއްގައި އެކުގައި ބައިވެރި ވި މިއީ ފުރަތަމަ ފަހަރެވެ. މިއަހަރުގެ ވެނިސް ފިލްމު ފެސްޓިވަލުގައި ޖެނިފާ އަދި ބެން އެކުގައި ބައިވެރިވެފައިވަނީ ބެންގެ ކުރިއަށް އޮތް ފިލްމު ''ދަ ލާސްޓް ޑުއެލް'' ޕްރިމިއާ ކުރުމަށެވެ.
ޖެނިފާ ލޮޕޭޒް އަދި ބެން އެފްލެކް އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅިފައިވަނީ 2000 ވަނަ އަހަރުގައެވެ. ''ބެނީފާ''ގެ ނަމުން އޭރު މި ދެ ފަންނާނުން މަޝްހޫރުވެގެން ގޮސްފައިވާއިރު، މި ދެތަރިން ވަނީ އެންގޭޖު ވެފައެވެ. ނަމަވެސް ކައިވެންޏަކާ ހިސާބަށް ނުފޯރައި އެ ގުޅުން ކެނޑިފައިވަނީ 2004 ވަނަ އަހަރު އެވެ.
ޖެނިފާ އަދި ބެން އަނެއްކާވެސް ގުޅިފައިވާ ކަމުގެ އަޑުތައް މިއަހަރުގެ ތެރޭގައި ވަނީ ގަދަވާން ފަށާފައެވެ. އަދި މި ދެތަރިން އެކުގައި ޔޫރަޕަށް ދަތުރުކޮށް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް މީޑިއާއަށް ތިލަވި ހިސާބުން ދެތަރިން އަލުން ގުޅިފައިވާ ކަން ރަސްމީކޮށް އިއުލާނު ކޮށްފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން