ޚަބަރު

ފޮތްތަކުގައި ކުށެއް ހުރިކަން ފާހަގަވާނަމަ، ހިއްސާކުރަން އެދިއްޖެ

އައިޝަތު ނިއުޝާ

ސްކޫލުތަކުގައި މިހާރު ބޭނުންކުރަމުންދާ އިސްލާމް އަދި ގުރުއާން ފޮތްތަކުގައި އެއްވެސް ކުށެއް ހުރިކަން ފާހަގަވާނަމަ، އެކަން ހިއްސާކުރަން އެދިއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސްކޫލުތަކުގައި މިހާރު ބޭނުންކުރަމުންދާ އިސްލާމް އަދި ގުރުއާން ފޮތްތައް އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އެހެންކަމުން އެ ފޮތްތަކުގައި އިސްލާހުކުރަންޖެހޭ ކަމަށް ފެންނަ އެއްވެސް ކުށެއް ފާހަގަކުރެވިފައިވާނަމަ، އެފަދަ ކުށެއް ހިމެނޭ ފޮތާއި ސޮފުހާ ނަންބަރު އެނގޭނެހެން ލިޔުމަށްފަހު، އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ކުށް ހުރި މައްސަލައާއި އެކަމުގައި އިހުމާލުވި ފަރާތްތައް ބެލުމަށް ވަކި ހާއްސަ ކޮމިޓީއެއްވެސް ވަނީ އެކުލަވާލައިފައެވެ. އަދި އެކަމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.